ޚަބަރު
ހުރިހާ މައްސަލައެއް ޖެހުނީ އިންތިހާބު ބޮއިކޮޓް ނުކުރުމުން: އަދުރޭ

ރިޔާސީ އިންތިހާބުގެ ކަންކަމުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށާއި ހުރިހާވެސް މައްސަލައެއް ޖެހުނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އެންގުމުން އެކަން ނުކުރުމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތަކަކާއި ގުޅިގެން އޮންލައިން ނޫހެއްކަމަށްވާ “ސަން”އަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލުގައި އޮންނެވި އިރު ޕާޓީގެ ލީޑާޝިޕުން މަސައްކަތްކޮށްފައިވަނީ ވެރިކަމަށް އަންނަންކަމަށް ތުހުމަތުކޮށްފަ އެވެ. އަދި “ކާޅު ހާލި ހެދީމާ ބިސް އެޅީ ކޮވެލި،” ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ޕީއެންސީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހައްދަވަނީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. ލީޑާޝިޕުން މަސައްކަތް ކޮށްފައިވަނީ އެންމެން އެއްކޮށް އެކަތިގަނޑަކަށް ވެގެން ކަމަށާއި އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މިއަދު ޕީއެންސީން ވެރިކަމުގައި އޮތުންކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ދުވަހުން ފެށިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އޮތީ ވަރަށް ބަދަހިކަމާ އެކު. ކަނޑައެޅިގެން އިތުރުފުޅެއް ރައީސް ޔާމީން ވެސް އެ ހައްދަވަނީ. ރައީސް ޔާމީން އޮންނެވީ ޖަލުގައި.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އޭރުވެސް އިހުލާސްތެރި ކަމަށާއި މިހާރުވެސް ރައީސް ޔާމީނާ ދޭތެރޭގައި އޮތީ ލޯތްބާއި އިހުތިރާމް ކަމަށެވެ. އަދި މައްސަލައަކަށް ވެގެން އުޅެނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭކަން އެނގުމުން އިންތިހާބު ބޮއިކޮޓް ކުރަން އެދުމުން އެކަން ނުކުރުމުން ކަމަށެވެ.

ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ދުވަހަކުވެސް ރައީސް ޔާމީނަށް ހެޔޮ އެދޭ މީހެއް ނޫންކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ހެކިވެސް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ހުރިހާ ގޮތަކަށް ޝަރީއަތުގެ ކަންކަން ކުރިއަށް ގެންދިޔައީ ޑރ. ޖަމީލްކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ. އަދި މަލީހުއަކީ ނިމިދިޔަ ސަރުކާރުގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީނަށް ވަގަށް ގޮވި މީހެއްކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

    86
    ކިޔުންތެރިންގެ ޚިޔާލު

    Leave a Reply

    Your email address will not be published. Required fields are marked *

    Home
    Menu
    Search
    Back to top