ޚަބަރު
އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޒަކަރިއްޔާ އައްޔަންކުރުން -- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފި އެވެ.

ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވާފައި ވަނީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ ދައުރު ހަމަވުމުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށެވެ.

އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަން ކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑުޔާރު އަލީ ރަޝީދު ހުސައިން އެވެ.

ޒަކަރިއްޔާ އީސީގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ އީސީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.

އިސްމާއިލް ހަބީބްގެ ދައުރު ހަމަވުމުން ހުސްވި ނައިބު ރައީސްގެ މަގާމަށް އީސީ އައްޔަންކޮށްފައިވަނީ އަލީ ނަޝާތެވެ. އީސީގެ ރައީސްގެ މަގާމުގައި ހުރީ ފުއާދު ތައުފީގެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top