ކުޅިވަރު
ލިވަޕޫލާއި އާސެނަލް ބަލި، ފައިދާ ސިޓީ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލިވަޕޫލާއި އާސެނަލް ބަލިވެ، ލީގު ރޭހުގައި މެންޗެސްޓާ ސިޓީ އަށް ކުރި ލިބިއްޖެ އެވެ.

ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ކައިރިން އާސެނަލް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިވެފަ އެވެ. އެއީ ތިން ދުވަސް ތެރޭގައި އަމިއްލަ ދަނޑުގައި އެ ޓީމު ބަލިވި ދެވަނަ މެޗެވެ. މީގެކުރިން އެ ޓީމު ވަނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އެޓަލަންޓާ އަތުން ލަދުވެތި ގޮތަކަށް ބަލިވެފަ އެވެ. ލިވަޕޫލް ކައިރިން ޕެލަސް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އެބްރެޗީ އެޒޭ އެވެ.

އެސްޓަން ވިލާ އިން އާސެނަލް ބަލިކުރީ ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ. 84 ވަނަ މިނެޓުގައި ލެއޯން ބެއިލީ ލަނޑު ޖަހާފައިވާއިރު، އޭގެ ތިން މިނެޓު ފަހުން އޮލީ ވަޓްކިންސް ވަނީ ފަރަގު ބޮޑުކޮށްދީފަ އެވެ.

މި ނަތީޖާ ތަކާއެކު ސިޓީ އެއްވަނައިގައި އޮތީ 73 ޕޮއިންޓާއެކު އެވެ. އާސެނަލް އާއި ލިވަޕޫލަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top