ޚަބަރު
މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ ބުދަ ދުވަހު: މެޓް އޮފީސް
މާލެއަށް ކުރި ވިއްސާރައިގައި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ފުލުހުން

ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދަދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މެދުރާއްޖެ އާއި ދެކުނަށް ކަމަށެވެ. އެހެންނަމަވެސް އުތުރުގެ އަތޮޅުތަކަށް ކޮންމެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ އަކީ ދެމޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ވެހޭ ވިއްސާރައެއް ކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދެދުވަހުވެސް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހޭނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވައިގެ ބާރުމިނަކީ އާންމު ގޮތެއްގައި 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. ރާއްޖޭގެ އެކި ހިސާބު ތަކަށް ކަނޑު މަޑުވާނެ ކަމަށާއި ރާޅުބާނީ އުޅޭނީ 1 ފޫޓާއި 3 ފޫޓާއި ދެމެދަށް ކަމަށް ވެސް އެއިދާރާއިން ވިދާޅުވި އެވެ. އެހެންނަމަވެސް އއ އަތޮޅަށާއި ކ އަތޮޅަށް ވަނީ ރީނދޫ އެލާޓް ނެރިފަ އެވެ. ރޭގައި ވެސް ވަރަށް ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top