ދުނިޔެ
އީރާނަށް ބޮން އަޅާނެ ކަމުގެ އިޝާރާތެއް އިޒްރޭލުން ދީފި

އީރާނަށް ބޮން އަޅާނެ ކަމުގެ އިޝާރާތެއް އިޒްރޭލުން ދީފި އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން އިއްޔެގައި ދިން ހަމަލާތަކަކީ ހަނގުރާމަ އިއުލާން ކުރުމުގެ ގޮތުގައި ސިފަކޮށްފަ އެވެ. ރޮއިޓާސްއިން ބުނީ މިހާރު އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓް ވަނީ ކުއްލި ބައްދަލުވުމެއް ކުރިއަށްގެންގޮސްފަ އެވެ. އެބައްދަލުވުމުގައި އިޒްރޭލުގެ ވާ ކެބިނެޓުން ވަނީ އީރާނުން ރޭގައި ދިންފަދަ ވަރުގަދަ ހަމަލާތަކުން ދިފާއުވެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިވަނީ ރޭ އީރާނުން އިޒްރޭލަށް ދިން ހަމަލާއާއި ގުޅިގެން ނެވެ. އީރާނުން 400 ވަރަކަށް ޑްރޯން އަދި  100 އަށްވުރެ ގިނަ ކްރޫޒް މިސައިލް އިޒްރޭލުގެ ވައިގެ ސަރަހައްދާއި ދިމާލަށް ފޮނުވާލާފައި ވެއެވެ. އެހެން ނަމަވެސް އީރާނުން ބުނީ އެގައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާތައް ރާވާފައިވަނީ ވިސްނުންތެރިކަމާއި އެކު ކަމަށެވެ. އަދި އޭގެއިން އިޒްރޭލުގެ އިންފްސްޓްރަކްޗާ އަދި އާންމުންނަށް ގެއްލުން ނުވާވަރު ކަށަވަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

އިއްޔެ އީރާނުން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުން ރައްދުގައި ހަމަލާދީފިނަމަ މަސްރަހު ގޯސްވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން މުޅި ދުނިޔޭގެ މުސްލިމުން ފާހަގަކުރާނެ ކަމަށެވެ. އަދި ޖެރޫސަލެމް އަނބުރާ ފަލަސްތީނުގެ މިލްކުވެރިކަމަށް އަންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އޭގެ އަނެއްކޮޅުން އިޒްރޭލުން ވަނީ މިރޭގެ ވަގުތެއްގައި އެގައުމުގެ ރިޒާވް ސިފައިން ގައްޒާގައި އިތުރުކޮށްފަ އެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top