ޚަބަރު
އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދަނީ ބަލިވުމުގެ ރިހުމުން އަރައިނުގަނެވިގެން: ޕީއެންސީ
ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު

އިދިކޮޅު އެމްޑީޕީން ޕީއެންސީއާއި ދެކޮޅަށް ކެމްޕެއިން ކުރަމުންދަނީ ރިޔާސީ އިންތިހާބުން ބަލިވުމުގެ “ރިހުން” އަދިވެސް ނުފިލައިގެން ކަމަށް ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން މީގެ ކުރީގައި މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ހޯދީ އޭރުގެ އިދިކޮޅު ލީޑަރު ކަމުގައިވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބާއްވައިގެން ކަމަށެވެ. އެހެން ނަމަވެސް، އެއާއި ހިލާފަށް ޕީއެންސީން މިމަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުންދަނީ އިދިކޮޅު ޕާޓީގެ ވާދަވެރިކަމަށް ފުރުސަތުދީގެންކަން ހީނާ ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ހީނާ އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ކެމްޕެއިންތަކުގައި އާންމުކޮށް ދޮގު ހަދާ ބައެެއް ކަމަށެވެ. އެމްޑީޕީގެ ކެމްޕެއިންގައި އެއްވެސް ކަަހަލަ އަމާޒެއް ނެތް ކަމަށާއި މުޅިންވެސް ކުރަނީ އެންޓި ކެމްޕެއިން ކުރުން ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެފަދަ އަމަލުތައް ހިންގަނީ ކެމްޕެއިން ކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ހީނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

 ”އެނބުރެމުން ސެނބުރެމުން ވަހުތާނެއް ކަހަލަ ގޮތަށް އެ ބޭފުޅުންގެ ކެމްޕޭނު ދާތީވެ ވަރަށް ބޮޑަށް ކަންބޮޑުވޭ”

އެއާއެކު،  ފާއިތުވީ 5 އަހަރުގެ މަޖިލީސް ތެެރެއިން މާކަށް ބޮޑު މަސައްކަތެއް ކުރެވިފައިވާ ނުވާ ޕާޓީއަކަށް މި މަހުގެ 21 ވަނަ ދުވަހު ބާއްވާ އިންތިހާބުން މޮޅު  ލިބިގެން މަޖިލީސް ތެރެއިން ކުރެވޭނީ ކޮން ކަމެއް ކަމާއި ދޭތެރޭވެސް ހީނާ ސުވާލު އުފެއްދެވި އެވެ. އަދި މިފަހަރު ޕީއެންސީން އިންތިހާބަށް ނެރެފައިވަނީ މޮޅު ހޯދުމުގެ ގާބިލިއްޔަތުކަން ތިއްބެވި ބޭފުޅުންނާއި އެކީގައި ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top