ކުޅިވަރު
ރެއާލް އަދި ބާސެލޯނާ އަށް ހަނި މޮޅެއް

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ހަނި މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި މަޔޯކާ އާ ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި ބާސެލޯނާ އިން ކާޑިޒްގެ ދަނޑުގައި ކާޑިޒް ބަލިކުރީވެސް 1-0 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށިގެން ތިން މިނެޓުގެ ތެރޭގައި ޖަހައިދިނީ އައުރެލިން ޗުއަމެނީ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގު މި ހަފްތާގައި ކުޅެން ޖެހިފައިވުމާއެކު، ރެއާލުން މަޔޯކާ އާ ދެކޮޅަށް ނިކުތީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ.

ކާޑިޒް ކައިރިން ބާސެލޯނާ މޮޅުކޮށްދިނީ ޖާއޯ ފެލިކްސް އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އޭނާ ލަނޑު ޖަހާފައިވަނީ އޯވާހެޑް ކިކަކުންނެވެ. ބާސެލޯނާ އިންވެސް ވަނީ މުހިންމު ކުޅުންތެރިންތަކަކަށް ރެސްޓު ދީފަ އެވެ.

މި ނަތީޖާ އާއެކު، ރެއާލް އެއްވަނައިގައި އޮތީ 78 ޕޮއިންޓާއެކު އެވެ. އަދި ބާސެލޯނާ ދެވަނައިގައި އޮތީ 70 ޕޮއިންޓާއެކު އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top