ކުޅިވަރު
ބޮޑު މޮޅަކާއެކު ސިޓީ އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން ލޫޓަން ޓައުން ބަލިކުރުމަށްފަހު މެންޗެސްޓާ ސިޓީ އެއްވަނަ އަށް ޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ އިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 65 ވަނަ ސިކުންތުގައި ލޫޓަންގެ ޑައިކީ ހަޝިއޯކާ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. ސިޓީ އިން އިތުރު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައި ސިޓީއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ މަޓެއޯ ކޮވަސިޗް އެވެ. އެޔަށްފަހު، މެޗުގެ 76 ވަނަ މިނެޓުގައި ސިޓީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ ހާލަންޑެވެ.

ލޫޓަންގެ ހަމައެކަނި ލަނޑު، މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮސް ބާކްލީ އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޖެރެމީ ޑޯކޫ ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ސިޓީއަށް ފަރަގު ބޮޑުކޮށްދީފަ އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ.

މި މޮޅާއެކު ސިޓީ އެއްވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެ، 73 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top