ދުނިޔެ
އީރާނުން ދިން މިސައިލް ހަމަލާ އިޒްރޭލުގެ ދިފާއު ފޫއަޅުވާލައިފި

އީރާނުން އިޒްރޭލަށް 70 އަށްވުރެ ގިނަ މިސައިލް ހަމަލާތައް ފޮނުވައިފި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނުމަށްފަހު އީރާނުން ދިން މިސައިލް ހަމަލާ އިޒްރޭލުގެ ދިފާއު ފޫއަޅުވާލައި އެގައުމުގެ ވައިގެ މަރުކަޒަށް ގެއްލުން ދީފި އެވެ.

 

އެމެރިކާއިން މިކަން ހާމަކޮށްފައިވާއިރު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މީގެ ކުރިން އެކަން ދޮގުކޮށްފަ އެވެ. އެހެން ނަމަވެސް، އީރާން އަސްކަރިއްޔާއިން އަމާޒުކުރި ކްރޫޒް މިސައިލްތައް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވަތް މަންޒަރު ވަރަށް ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އީރާނުގެ މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން މިސައިލްތައް ގޮވުން ހުއްޓުވުމުގެ ގޮތުން ބޭނުންކުރާ އިންޓަސެޕްޓާ މިސައިލްއަކުން ގޮވި ތަންކޮޅެއް، އިޒްރޭލުގެ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ބޮލަށް ހެރި، އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެހެން ނަމަވެސް، އިތުރު އެހެން މީހަކަށް އީރާންގެ ހަމަލާތަކުން އަނިޔާ ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވެ އެވެ.

 

އެހެން ނަމަވެސް، އީރާނުން މިރޭ ދިން މި ހަމަލާތައް ދިފާއު ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ބުނެ، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ސައިރެންތަކަށް ފަރުވާ ނުބެހެއްޓުމަށް އާންމުންނަށް ގޮވާލާފަ އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top