ދުނިޔެ
އީރާން އިޒްރޭލަށް: މިރޭ ދެއްކީ މިސާލެއް، ފަހުން ލިބޭނީ ހަރުކަށި ޖަވާބެއް!

އީރާނުން އިޒްރޭލަށް ޑްރޯން ހަމަލާ ފޮނުވުން ނިމިއްޖެ ކަމަށް އދ. ގެ އީރާން މިޝަނުން ބުނެފި އެވެ.

އީރާނުން ބުނާ ގޮތުގައި އިޒްރޭލަށް ދިން ހަމަލާއަކީ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ދިން ހަމަލާއަށް ދޭ ޖަވާބެއް ކަމަށާއި މިރޭ “މި މައްސަލަ ނިމިއްޖެ ކަމަށް ބެލެވޭނެ” ކަމަށެވެ.

ނިއުޔޯކުގައި ހުންނަ އދ. ގެ އީރާން މިޝަނުން ބުނީ އިޒްރޭލުން މި މަހުގެ ކުރީކޮޅު ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ އިމާރާތަކަށް ހަމަލާދިންއިރު، އަސްކަރީ ތަރުޖަމާނަކު ވިދާޅުވީ ހަމަލާ އަމާޒުވި އީރާނުގެ އިމާރާތަކީ “އަސްކަރީ އިމާރާތެއް” ކަމަށް އިޒްރޭލުން ގަބޫލުކުރާ ކަމަށެވެ.

“އެހެން ނަމަވެސް އިޒްރޭލު ސަރުކާރަށް އިތުރު ގޯހެއް ހެދިއްޖެ ނަމަ އީރާނުގެ ރައްދު މާ ބޮޑަށް ގަދަވާނެ. އެއީ އީރާނާއި އިޒްރޭލުގެ މުޑުދާރު ސަރުކާރާއި ދެމެދު ހިނގާ ކޯޅުންތަކެއް، އެކަމާ އެމެރިކާ ބެހެން ޖެހޭނެ!” އީރާނުގެ ދާއިމީ މިޝަނުން އެކްސްއަްށް ދޫކުރި  ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އީރާންގެ މިޝަނުން ނެރުނު ބަޔާނުގައި ވަނީ އެގައުމުން އެ އަމަލު ހިންގީ އދ. އިން ކަށަވަރުކޮށްދީފައިވާ ސެލްފް ޑިފެންސްގެ މާއްދާއާއި އެއްގޮތަށް ކަމަށެވެ. އެހެން ކަމުން، އީރާނުގެ އެމްބަސީއަކަށް އިޒްރޭލުން މި މަހުގެ އެއްވަނަ ދުވަހު ދިން ހަމަލާގެ ސަބަބުން އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާވީ ކަމަށް ބަލައި، މިރޭ އީރާނުން ދިން ހަމަލާއަކީ އިޒްރޭލަށް ލިބުން ހައްގު ހަމަލާއެއް ކަމަށް ބުނެފައި ވެއެވެ. އަދި އިޒްރޭލުން އެކަމުގެ ރައްދުގައި އީރާނަށް ހަމަލާދީފިނަމަ އީރާނުން ވަރުގަދަ ޖަވާބެއް ދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، މިރޭ ހިނގި ހާދިސާއަށްފަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިޒްރޭލަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން އަންނަ ހަފްތާގައި ގާނޫނެއް ހަދަން އުޅޭ ކަމަށް އިއުލާންކޮށްފަ އެވެ.

ބައެެއް ހަބަރުތަކުގައި ބުނާގޮތުންނަމަ އިޒްރޭލުން އީރާނަށް ރައްދުގައި ހަމަލާދޭން ގަސްދުކުރާނަމަ އެމެރިކާއިން އެކަމުގައި ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވެއެވެ. ރޭ އިޒްރޭލަށް އީރާނުން ހަމަލާދިންއިރު ބައިޑަން ވަނީ އެމަނިކުފާނުގެ ކެބިނެޓާއިއެކު ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް، އެބައްދަލުވުމުގެ އިތުރު ތަފްސީލުތައް އަދި ހާމަކުރައްވާފައި ނުވެ އެވެ.

އީރާނުގެ އައިއާރްޖީސީގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގްހެރީ ވިދާޅުވީ ” އެމެރިކާއިން އީރާނާއި ދެކޮޅަށް އިޒްރޭލާއި އެއްބައިވެއްޖެނަމަ އެސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތައް ސަލާމަތް ނުވާނެ ކަމަށް ސްވިސް އެމްބަސީ މެދުވެރިވެގެން އަޅުގަނޑުމެން އެމެރިކާއަށް އިންޒާރުދީފައިވާނެ” ކަމަށެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top