ދުނިޔެ
ހޫތީންވެސް އިޒްރޭލަށް ޑްރޯން ހަމަލާ ފޮނުވައިފި

ޔަމަން ސަރަހައްދުން ހޫތީ ހަނގުރާމަވެރިން އިޒްރޭލަށް ޑްރޯން ހަމަލާ ފޮނުވައިފި ކަމަށް ރިޕޯޓްކޮށްފި އެވެ.

ޔަމަނުގެ ހޫތީން އީރާނާއި އެއްބައިވެގެން އިޒްރޭލަށް އެތައް ޑްރޯންތަކެއް ފޮނުވާލި ކަމަށް ސެކިއުރިޓީ ކުންފުނި އަމްބްރޭއިން ބުނާއިރު، އެ ޕްރޮޖެކްޓައިލްތައް އެއްފަހަރާ އެއްވަގުތެއްގައި އިޒްރޭލަށް ފޯރާނެ ވަގުތު ކަނޑައެޅިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

“އަންމޭންޑް އެރިއަލް ވެހިކަލްސް (ޔޫއޭވީއެސް) ހޫތީން އިޒްރޭލާ ދިމާއަށް ފޮނުވާލި ކަމަށް ރިޕޯޓްތައް ބުނޭ. ޔޫއޭވީތައް ލޯންޗުކުރީ އީރާނާ ކޯޑިނޭޓް ކޮށްގެން،” އެ ކުންފުނިން ބުނެ އެވެ. “އިޒްރޭލުގެ ބަނދަރުތަކަކީ ޕޮޓެންޝަލް ޓާގެޓްތަކެއްގެ ގޮތުގައި ވަޒަންކުރެވޭ ބަނދަރުތަކެއް،”

އީރާނުން އިޒްރޭލަށް ބެލިސްޓިކް މިސައިލް ހަމަލާ ފޮނުވައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއި ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވީ ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިސައިލް ހަމަލާއެއް ފޮނުވި ކަމުގެ އިޝާރާތެއް ނުފެންނަ ކަމަށް ބުނެފަ އެވެ.

 

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top