ދުނިޔެ
އީރާނުން އިޒްރޭލަށް ހަމަލާދޭން ފަށައިފި

އީރާނުން އިޒްރޭލަށް ހަމަލާދޭން ޑްރޯން ފޮނުވައިފި ކަމަށް ދާދި ދެންމެއަކު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އައިޑީއެފްއާއި ހަވާލާދީ މިރޭ ބީބީސީން ރިޕޯޓްކުރި ހަބަރުގައި ބުނެފައިވާ ގޮތުގައި އީރާނާއި 1،100 މޭލު (1،800 ކިލޯމީޓަރު) ގެ ދުރުމިނެއްގައި އޮންނަ އިޒްރޭލާއި ހަމައަށް މި ޑްރޯންތައް ފޯރުވުމަށް ގަޑިއިރުތަކެއް ނަގާނެ ކަމަށެވެ.

ވުމާއެކު، އިޒްރޭލުގެ ސިފައިން ތިބީ ހައި އެލާޓްގައި ކަމަށާއި “ހުރިހާ އަމާޒުތަކެއް މޮނިޓާ ކުރަމުން ދާ” ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އީރާނުން ޑްރޯން ފޮނުވާލި ހަބަރު ލިބުމުގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިޒްރޭލުގެ “ޑިފެންސިވް ސިސްޓަމްތައް” ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

“ޑިފެންސިވް ގޮތުންނާއި އޮފެންސިވް ގޮތުން ކޮންމެ މަންޒަރަކަށް ވެސް ތައްޔާރަށް މިތިބީ. އިޒްރޭލުގެ ދައުލަތަކީ ވަރުގަދަ ދައުލަތެއް. އައިޑީއެފް ވަރުގަދަ. އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުފަދަ ގައުމުތަކަުން ދޭ އެއްބާރުލުން ފާހަގަކުރަން”

އީރާނުން އިޒްރޭލަށް ހަމަލާދިނީ 1 އޭޕްރީލްގައި ސީރިއާގައި ހުންނަ އީރާންގެ އެމްބަސީއަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގެ ރައްދުގަ އެވެ. އެ ހަމަލާގައި އީރާންގެ އަސްކަރީ ކޮމާންޑަރުންތަކެއް މަރުވެފައި ވެއެވެ.

  14
  ކިޔުންތެރިންގެ ޚިޔާލު

  Leave a Reply

  Your email address will not be published. Required fields are marked *

  Home
  Menu
  Search
  Back to top