ޚަބަރު
“ތަރައްގީގެ ނަމުގައި 5 އަހަރު ވަންދެން އެމްޑީޕީން ކުރީ ވައްކަން”

ރާއްޖެއަށް ތަރައްގީ ގެނައުމުގެ ނަމުގައި ފަސް އަހަރު ވަންދެން އެމްޑީޕީގެ ސަރުކާރުން ކުރީ ވައްކަން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވަމުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކުރީގެ ރައީސް ސޯލިހު، ކެމްޕޭން ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފާޑު ކިޔާ ވީޑިއޯއެއް ރީޕޯސްޓް ކުރައްވަމުން ހަމްދާން ވިދާޅުވީ ތަރައްގީގެ ނަމުގައި 5 އަހަރު ހޭދަ ކުރީ ވައްކަމާއި ދައުލަތުގެ ހަޒާނާ ގާތް ތިމާގެ މީހުންނަށް ބެހުމަށް ކަމަށެވެ.

ރައީސް ސޯލިހު ކެމްޕޭން ޖަލްސާގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކަށް ކޮންމެ ނަމެއް ކީ ނަމަވެސް އަދި އެއީ މި ސަރުކާރުން ކުރާ ކަމެއްކަމަށް ބުނި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެ މަޝްރޫތައް ނިންމުމަށް އެދޭ ކަމަށެވެ. ރައީސް ސޯލިހަށް ރައްދު ދެއްވަމުން ހަމްދާން ވިދާޅުވީ އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު އިބްރާހީމުގެ ވެރިކަމުގައި ހިންގީ ޖަރީމާކަން އަދި ކޮށްފަ ހުރި ވައްކަންތަށް ހިސާބުކޮށް ނިމޭ އިރު ދައުލަތަށް ދަރިފަސްކޮޅުގެ މުދާވެސް ނަގާ ހިސާބުގަ ކަން ހުރީ.

ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓްގައި އޭނާ ވަނީ މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދިނުމުގެ ނަމުގައި އެމްޑީޕީ ސަރުކާރުން ހިންގި ކޮރަޕްޝަންގެ ތެރެއިން ނެރުނު ލޭންޑްޔޫޒް ޕްލޭން ހިމަނާފަ އެވެ.

ރައީސް ސޯލިހަށް ހަމްދާން ރައްދު ދީފައި މިވަނީ ރައީސް ސޯލިހު އައްޑޫގައި ބޭއްވި ޖަލްސާއެއްގައި އެރަށުގެ ގިނަ މަޝްރޫތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދެއްކެވުމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top