ޚަބަރު
ޔާމީން ގެއަށް ގެންނަން ލާހިކެއް ނޫނޭ އަސްލަމް ވިދާޅުވި: ސަލީމް
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ---ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރިޔާސީ އިންތިހާބުގެ ފަހުން ނޫނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން ގެއަށްވެސް ބަދަލުކުރަން ލާހިކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އޭނާ އަރިހުގައި ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީޙުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވާހަކަދައްކަވަމުން ސަލީމް ވަނީ އޭރުގައި ޔާމީން މިނިވަން ކުރަން ދެކޮޅު ހެއްދެވި ބަޔަކު މިހާރު އެމަނިކުފާނުގެ ހައްގުގައި ވާހަކަދައްކަވަން ލަނދުނުގަންނަ ކަމާއި ދޭތެރޭ ސުވާލު އުފައްދަވާފަ އެވެ. އޭރުގައި އެމްޑީޕީގެ ވެރިކަމުގައި ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވިފަހުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރައްވަންވެސް ބާރު ލިބިގެންވާ އޭރުގެ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ދެކޮޅު ހެއްދެވި ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކޯޓު މައްސަލައިގެ ޝަރީއަތް ލަސްވާތީ އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެން ނެވެެ.

އަސްލަމް އެގޮތަށް ވިދާޅުވީ މި މަސް ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވީ ނަމަވެސް އަދިވެސް 4 މަސް ފާއިތުވީއިރުވެސް އެ މައްސަލަ އޮތީ ހުކުމް ކުރަން ޖެހޭ ހިސާބުގައި ކަމަށެވެ. އަސްލަމް ވަނީ ސަރުކާރުން އެކަމުގެ ތެރެއަށް “އަތްބާނާ” ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހުންނާތީ މާދަމާ އަޅުގަނޑުމެން އެމައްސަލަ ބަލުވާނަމޭ ޖޭއެސްސީން” އަސްލަމް ވިދާޅުވި އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top