ޚަބަރު
ލ. ގަމަކީ އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނެ ރަށް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅު ގަމުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އިއްޔެ ލ. ގަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށް ގެންދިއުމުގައިވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ތަރައްގީގެ ކަންކަން އަމަލީގޮތުން ކުރިޔަށް ގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްގީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމުގަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަމުގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ލ. ގަމަކީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ވަޑައިގެންނެވި އެ އަތޮޅުގެ އެންމެ ފަހު ރަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top