ޚަބަރު
ކޮލަމާފުށިން މެޑަމްއަށް ފިނިފެންމަލުގެ ޝަރަފެއް

ގއ. ކޮލަމާފުށީން ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މެޑަމް ސާޖިދާ އެރަށަށް ވަޑައިގަނެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މެޑަމް އަށް މަރުހަބާ ކިޔުމަށް އެތައް ބަޔަކު ބަނދަރަށް އެއްވެފައިތިއްބެވެ. އެންމެ ފުރަތަމަ އެކަމަނާ ފައިބާވަޑައިގަތުމުން ވަނީ ހާއްސަ ޝަރަފުގެ ހިނާގުލުމެއް އަރުވާފައެވެ.  އެއަށް ފަހު ވަނީ ބަނދަރުގައި ތައްޔާރުކޮށްފައިވާ މަލެއްގެ ބިނާއެއްްގައި އެކަމަނާ މަޑުކޮށްލާފައެވެ.

ކޮލަމާފުށިން މެޑަމް އަށް މަރުހަބާ ދަންނަވާފައިވަނީ އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް ދީދީއާއި އެރަށަށް ނިސްބަތްވާ ސަރުކާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

މެޑަމް އަށް މަރުހަބާ ކިޔުމަށް އެއްވެފައި ތިބި މީހުންނާއި ސަލާމް ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވިއުރު މެޑަމް ވަނީ އެރަށު ގިނަ ބަޔަކާއި ބައްދަލުކުރައްވާ ހާލު އޮޅުންފިލުވާފައެވެ. އަދި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން ސުވާލުކޮށް އެކި ކަންކަމަށް ހައްލު ގެނެވެން ހުރި ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެވުންތަކުގައި ގިނަ އަދަދަކަށް އަންހެންބޭފުޅުން ބައިވެރިވިއެވެ.

މި ދަތުުރުފުޅުގައި ކޮލަމާފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އެފް.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާރ ޝުއާއު ވަނީ ބައިވެރިވެވާޑައިގަނެފައެވެ.

މެޑަމް ސާޖިދާ ހިމެނޭ ގޮތައް ސަރުކާރުގެ ހުރިހާ މަގާމްތަކެއްގައި ތިއްބެވި ބޭފުޅުން އަންނަނީ ދިވެހިންގެރާއްޖެ މަޖިލިސް ހޯދުމަށް ރައްޔިތުންގެ ގާތަށް ގޮސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ 21 އޭޕްރީލްވާ އާދިއްތަދުވަހުއެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top