ޚަބަރު
އައްޑޫސިޓީން ރައީސް މުއިއްޒުއަށް ހޫނު މަރުހަބާ އެއް ދަންނަވައިފި!
އައްޑޫސިޓީން ރައީސް މުއިއްޒުއަށް ހޫނު މަރުހަބާއެއް

ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫސިޓީއަށް ވަޑައިގަތުމުން، އައްޑޫ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މަރުހަބާ ދެއްނެވުމަށް ދަމާލި ސަފުތަކާއި ސަލާންކޮށް ފޮޓޯ ނެގުމަށް ބައިގަޑިިއިރަށް ވުރެ ގިނަ ވަގުތު ހޭދަވިއެވެ.

ހައްދުންމައްޗަށާއި އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އައްޑޫއަށް ވަޑައިގެންނެވި އިރު މީގެ ކުރިން ވަނީ ލ.އަތޮޅުގެ ގިނަ ރައްރަށަށް ޒިޔާރަތްކުރައްވާފައެވެ. އަދި ލ.އަތޮޅަށް ތަރައްގީގެ ބޮޑެތި ޕްރޮޖޮކެޓްތަކެއް ގެންނަވަން މަސައްކަތްކުރައްވާ ކަމުގެ އުފާވެރި ހަބަރު ވަނީ ދެެއްވަވާފައެވެ. އަދި ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައިވަނީ އޭގެތެރެއިން ބައެއް މަޝްރުއުތަކުގައި ސޮއިކޮށްފައެވެ.

އައްޑޫއަށް މިކުރައްވާ ދަތުރުފުޅުގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް އަދި އައްޑޫގެ މުވައްސަސާތަކާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހައްދުންމައްޗަށާއި އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅު ނިންމާލުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top