ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވަނީ ޕޯޓަލްގެ އެކްސެސް ނެތުމުންކަމަށް ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން ނެވެ.

ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވެ، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީން) މިދިޔަ ހަފްތާ ތެރޭ ބުނެފައިވެ އެވެ. އޭސީސީން މިފަދައިން ނިންމުމާގުޅިގެން ކަންބޮޑުވުންތަކަށް ޖަވާބު ދޭން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ވަޒީރުން ހާޒިރުކުރައްވާފައިވެ އެވެ.

ފްލެޓްގެ އެކްސެސް މި ހަފްތާ ތެރޭ މިނިސްޓްރީއަށް ލިބޭނެކަމުގެ ޔަގީންކަން އޭސީސީން ދީފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ހައިދަރު ވަނީ އަންނަ ހަފްތާގައި ފްލެޓް ދޫކުރުމާއި ގުޅޭ މަސައްކަތްތައް ފައްޓަވާނެކަމަށް ވިދާޅުވެފަ އެވެ.

2-3 ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. 2 ހަފްތާއިން މި މަސައްކަތް ނިމޭނެ

މިނިސްޓަރު ހައިދަރު ވަނީ  ފްލެޓް ދެމުންދާނީ ޕޮއިންޓް ލިބުނު ތަރުތީބުންކަމަށްވިދާޅުވެފަ އެވެ.

ފުރަތަމަ 4000 މީހުންނަށް ފްލެޓް ދޫރުމަށް ނިންމީ، އެއީ މިހާރު ނިމެމުންދާ ފްލެޓް މަޝްރޫއުގައި ހިމެނެނީ 4000 ފްލެޓްކަމަށްވާތީ އެވެ. ފްލެޓަށް 13000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާ ކަމަށް ކުރީ ސަރުކާރުންވަނީ  ނިންމާފައިވެ އެވެ.

ކޮމިޓީން ވަނީ މިހާރު އޭސީސީން ދީފައިވާ ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކޮމިޓީއާއި ހިއްސާކުރުމަށް އެދިފަ އެވެ. އެ ލިސްޓް މިހާރު އޮތްގޮތަށް ކޮމިޓީއާ ހިއްސާކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *