ރާއްޖޭގެ ރިސޯޓެއްގައި ރާ ފުޅިތަކެއް، ފަތުރުވެރިންނަށް ދިނުމަށް އިސްތިހާރުކޮށްފައި

ބަނގުރަލާއި އޫރުމަހުގެ މުއާމަލާތްކުރާ ތަންތަނުގައި މަސައްކަތްކުރުމަކީ ހަރާންކަމެއްކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު މިހެން ހާމަކޮށްފައިވަނީ މުސްލިމަކު ބަނގުރަލާއި އޫރުމަހުގެ މުއާމަލާތްކުރާ ތަންތަނުގައި މަސައްކަތްކުރުމާ ބެހޭގޮތުން ނެރެފައިވާ ފަތުވާގަ އެވެ.

ފަތުވާގައި ބުނެފައިވަނީ ހުރިހާ އިލްމުވެރިން އިއްތިފާގުވެ ވަޑައިގަންނަވާގޮތުގައި މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ ހަރާމްކަމެއްކަމަށެވެ. އަދި އެބޭފުޅުން އިސްތިސްނާ ކުރައްވަނީ ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި ރަލާއި އޫރުމަހުގެ ވިޔަފާރިކުރުމަށް ފަތުވާގައި ބުނެފައިވެއެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހުން މިގޮތަށް ފަތުވާ ނެރިފައިވާއިރު، ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ރަލާއި އޫރުމަސް ފަތުރުވެރިންނަށް ފޯރުކޮށްދޭ ރިސޯޓުތަކެވެ. އަދި ސަރުކާރުތަކުން ރާއްޖެ އިސްތިހާރުކުރާއިވެސް، ރަލާއި އޫރުމަސް ރާއްޖޭގެ ރިސޯޓުން ލިބެން ހުންނާނެކަމަށް އިސްތިހާރުކުރެ އެވެ.

0
1
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *