ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއެކު 24 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ސަރުކާރުން މި ދައުރުގައި ފޮނުވުމަށް ނިންމާފައިވާ ބިލްތައް މަޖިލީހަށް އިއްވާފަ އެވެ.

ސަރުކާރުން މި ދައުރުގައި މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލްތައް:
 1. ބިމުގެ ބިލް
 2. ބޯހިޔާވަހިކަމުގެ ބިލް
 3. ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް
 4. އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓްގެ ބިލް
 5. ނަފްސާނީ ސިއްހަތުގެ ބިލް
 6. ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
 7. ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް
 8. ދަތުރު ރާވާ ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލް
 9. ސޮވެރިން ޑިވެލޮޮޕްމެންޓް ފަންޑްގެ ބިލް
 10. ޖިނާއީ އިޖްރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 11. ފޮރިން އިންވެސްޓްމެންޓްގެ ބިލް
 12. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 13. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސް އާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 14. ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
 15. ދައުލަތުގެ ފިޒިކަލް ޒިންމާގެ ބިލް
 16. ދިވެހިރާއްޖޭގެ ގާނޫނީ ފަންނަށް އިސްލާހު ގެނައުމުގެ ބިލް
 17. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 18. ދިވެހިރާޢްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށްއިސްލާހުގެނައުމުގެ ބިލް
 19. ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
 20. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 21. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލް
 22. މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 23. މީޑިއާ ކޮމިޝަންގެ ބިލް
 24. ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މީގެތެރެއިން ބައެއް ބިލްތަކަކީ ނިމިދިޔަ ސަރުކާރުންވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކެވެ. ނަމަވެސް ދައުރު ނިމުނު އިރުވެސް ބިލްތަކުގެ މަސައްކަތް މަޖިލީހުގައި ފަށައިގަނެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *