މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ

ފާއިތުވި ޖެނުއަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ  ޖެނުއަރީ މަހު ލިބުނު މި އާމްދަނީއަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއަށްވުރެއް 5.7 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި 3.6 ބިލިއަން ރުފިޔާގެ މި އާމްދަނީއަކީ މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެއް 12.2 ޕަސެންޓް އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 1.27 މިލިއަން ޑޮލަރު ހިމެނެއެވެ.

މީގެއިތުރުން އިންކަމް ޓެކްސް ގެ ގޮތުގައި މިދިޔަ މަހު 1.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު އެއީ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ 46.6 ޕަސަންޓް ކަމަށް މީރާއިން ބުނެއެވެ.

އާމްދަނީގެ 39.3 ޕަސެންޓް ޖީއެސްޓީ ހޯދާފައިވާއިރު އޭގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

އެހެނިހެނިހެން ޓެކުހުން ލިބުނު އާމްދަނީ:
  • ގްރީން ޓެކްސް: 99.6 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕމެންޓް ފީ: 94.6 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް: 92.2 މިލިއަން ރުފިޔާ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *