މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ރުހުން ނުދިން ތިން ވަޒީރުން، އަލުން މަގާމަށް އައްޔަނުކުރައްވާ އަލުން މަޖިލީހަށް ރުހުން ދިނުމަށް ފޮނުވުމުން ރުހުން ދިނުން މަޖިލީހުން ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މިޖިލީހުގެ ރުހުން ލިބިފައިނުވާ ވަޒީރުން އަލުން އެ މަގާމަށް އައްޔަނުކުރައްވާ، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލައިގައި މީގެކުރިން މަޖިލީހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު 2010 ވަނަ އަހަރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިފަދަ މައްސަލަ އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ 12 އޮގަސްޓު 2010 ގައި އެޓާނީ ޖެނެރަލްގެ މަގާމަށް ހ. ސީސައިޓް ޑރ. އަހުމަދު އަލީ ސަވާދު އައްޔަނުކުރައްވާ ރުހުން ހޮއްދެވުމަށް ފޮނުއްވި ނަމަވެސް އެބޭފުޅާ އަށް މަޖިލީހުން ރުހުން ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އޭރުގެ ރައީސް ވަނީ ހަމަ އެމަގާމަށް އޭނާ އައްޔަނުކޮށް ރުހުން ހޯދުމަށް މަޖިލީހަށް އަލުން ފޮނުއްވުމުން ދެވަނަ ފަހަރަށް ވެސް އޭނާ އަށް މަޖިލީހުން ރުހުން ދީފައިނުވާ ކަން އަސްލަމް ވަނީ ފާހަގަކުރައްވާފަ އެވެ.

އެއަށްފަހު ރައިސް ވަނީ އެމަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރައްވާ މަޖިލީހުގެ ރުހުން ހޯއްދަވާފައިކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަދި ރުހުން ނުދިން ތިން ވަޒީރުން ރައީސް އަލުން އައްޔަނުކުރެއްވުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަލުއްވާފަ އެވެ.

އެހެންކަމުން އެ ގަރާރުގެ މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަންދެން މަޖިލީހުން ރުހުން ލިބިފައިނުވާ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތައާވަލްކުރުން ފަސްކުރުމަށް މަޖިލިސް ރައީސް ވަނީ ނިންމާފަ އެވެ.

3 ވަޒީރުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް ފޮނުވައިފި

ސަރުކާރުން ދެ ވަނަ ފަހަރަށް ރުހުން ހޯދުމަށް ފޮނުވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *