ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން - ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ

މާލެ ސަރަހައްދުގައި އެއްވެ އުޅޭނެ އިތުރު ތަނެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓރު މިހެން ވިދާޅުވީ ހޯމްލޭންޑް މިނިސްޓރްީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނު މި ސަރުކާރުން އެއްކޮށް ދޫކޮށް ނުލާ ކަމަށެވެ. ނަމަވެސް ރައީސްގެ ވައުދުފުޅަކީ އެ ގާނޫނުން ދެވެން ހުރި ލުއިތައް ދިނުން ކަމަށެވެ.

އެއްވެ އުޅުމުގެ ގާނޫނު އަޅުގަނޑުމެން އެއްކޮށް ދޫކޮށެއް ނުލަން. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކީ އޭގެއިން ދެވެންޖެހޭ ލުއިތައް ދިނުމުގެ ކަންތައް ހަފްތާ 14ގެ ތެރޭގައި އިއުލާނު ކުރާނަން.

މިނިސްޓަރު ވިދާޅުވީ ހަފްތާ 14ގެ ތެރޭގައި އެ ގާނޫނުން ދެވެންހުރި ލުއިތައް އިއުލާނު ކުރައްވާނެ ކަމަށެވެ. އަދި މިވަގުތު ހުއްދަ ނުނަގާ މާލެ ސަރަހައްދުގައި އެއްވެ އުޅެވޭނެ އޮންނަނީ އެންމެތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކުރިއާލާ ފުލުހުންގެ ހުއްދަނުނަގާ އެއްވެ އުޅެވޭނެ އިތުރުތަންތަން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

އެހެންކަމުން އެ ގާނޫނަށް ގެންނަ އިސްލާހުތައް ހަފްތާ 14 ނިމިމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *