ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވައިދަށް މި ބަދަލު ގެންނަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އޭނަ ހުށަހެޅުއްވި ބިލުގެ ބަހުސް ފެއްޓުމަށްޓަކައި އެ ބިލު މަޖިލީހުގެ ތަޅުމުގައި އިއްވަވަމުންނެވެ.

ސަލީމް ވިދާޅުވީ ރައީސާއި ނައިބު ރައީސް ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު މިހާރުވެސް ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ކަމަށެވެ. ނަމަވެސް މިވީހާ ދުވަހު އެކަން ނުކުރެވުނީ މަޖިލީހުން އަމަލު ކުރަމުން ދިޔަ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ސަބަބުން ކަމަށެވެ.

ސަލީމް ވަނީ ގާނޫނު އަސާސީން ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާ ސުވާލު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަން ފާހަގަކުރައްވަމުން ވަޒީރުންގެ މަޖިލީހުގައި ރައީސާއި ނައިބު ރައީސްވެސް ތިއްބަވާކަމަށް ވިދާޅުވެފަ އެވެ.

ވަޒީރުންގެ މަޖިލީހަކީ ހަމައެކަނި ވަޒީރުންނެއް ނޫން، ވަޒީރުންގެ މަޖިލީހުގައި (ކެބިނެޓުގައި) އެންމެ އިސް ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު.

ރައީސާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދާއިރު އެ ޕާޓީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ރައީސް ސޯލިހު ވެރިކަމުގައި ހުންނެވި އިރު އެކަން ކުރުމަށް އެއްބާރުލުން ދީފައެއް ނުވެ އެވެ. އޭރު އިދިކޮޅުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީ މެންބަރުން ވަނީ ރައީސް އާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް މަސައްކަތްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *