ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)

ނޭޝަނަލް ޑްރަގް އެޖެންސީގެ  ފަރުވާގެ ނިޒާމްގެ ތެރެއިން 1253 މީހަކު މިވަގުތު ފަރުވާ ހޯދަމުންދާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ, ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ,

ސްޓޭޓް މިނިސްޓަރ ލުބްނާ މިހެން ވިދާޅުވެފައި ވަނީ ދާހިލީ ސަލާމަތާއި ފައްނިއްޔަތާ ބެހޭ ވުޒަރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ޑްރަގް އެޖެންންސީގެ ނިޒާމްގެ ތެރެއިން ފަރުވާ ހޯދަމުންދާ 1253 ފަރާތްތަކުތެރޭ ހިމެނެނީ :

  • ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާ ގެ 657 މީހުން
  • ރެސިޑެންޝިއަލް ފަރުވާގެ 84 މީހުން
  • ސެމީ  ރެޒިޑެންޝިއަލް ފަރުވާގެ  19 މީހުން
  • މެޑިކަލް އެސިސޓަޑް ފަރުވާގެ  337 މީހުން
  • ޑިޓޮކްސިފިކޭޝަންގެ ފަރުވާގެ 58 މީހުން

ސްޓޭޓް މިނިސްޓަރ ވިދާޅުވީ  މިދިޔަ އަހަރު ދޫކޮށްލާފައިވާ 742 މީހަކީ މަސްތުވާތަކެތި ފަރުވާއަށް ޑްރަގް ކޯޓުން ހުކުމް  ކޮށްފައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންނަށް  ފަރުވާ ނުދެވި ވާތީ އެ މަސައްކަތް ވަނީ އޮޕަރޭޝަން ފަނާރުގެ ދަށުން ފަށާފައިކަމަށެވެ.

އެގޮތުން  662 މީހަކު މިހާރު ވަނީ ހޯދިފައި ކަމަށާއި އަދި މީގެ ތެރެއިން 80 މީހުން ހޯދިފައިނުވާކަމަށްވެސް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ ފަރާތްތަކަށް ގުޅުމުން ނަމްބަރުން ދިމާނުވެ، ހޯދައި ނުފެނިފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރު ލުބްނާ ފާހަގަކުރެއްވި އެވެ.

742 މީހުންގެ ތެރެއިން 260 މީހަކު ވަނީ ފަރުވާގެ ނިޒާމްގެ ތެރެއަށް ވެއްދިފައިކަމަށާއި  އަދި އެ އެންމެންނަކީ ފަރުވާ ނަގަމުންދާ ފަރާތްތަކެއްކަންވެސް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.  މީގެ ތެރެއިން ވެސް ބާކީ ތިބި 663 މީހުންނަކީ ފަރުވާގެ ނިޒާމްގެ ތެރެއަށް ވެއްދުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓްތަކާ މެޑިކަލްގެ ކަންކަން ކުރަން ޖެހޭ ފަރާތްތައްކަންވެސް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޑްރަގް އެޖެންސީން މިވަގުތު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި  ހިމެނޭ ލ.ގަމާއި ކ.ކާށިދޫގެ އިތުރުން ނ.ވެލިދޫގައި  ކޮމިއުނިޓީ ރީހެބިލެޓޭޝަން ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް  ކުރިއަށް ދާކަން ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *