މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ, ލުބްނާ މުހައްމަދު ޒާހިރު

ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔަ ދިވެހިންގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ ގެނައި 14 ކުޑަކުދިންގެ ބަންދުގެ މުއްދަތު ހަމަވުމުން އެކުދިންނަށް މިހާރު ރިހެބިލިޓޭޝަން ދޭން ފަށައިފާވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ, ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު ލުބްނާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ސީރިއާއިން އަނބުރާ ރާއްޖެ ގެނަސްފައި ވަނީ 21 މީހުންނެވެ. އެއީ 14 ކުޑަކދިންނާއި ހަތް ބޮޑު މީހެކެވެ.

މިމީހުންގެ ތެރެއިން 14 ކުޑަކުދިންގެ ބަންދަށް ދީފައި ވަނީ 20 ދުވަހެވެ. އެކުދިންގެ ބަންދުގެ މުއްދަތު މިމަހުގެ ފަސް ވަނަ ދުވަހު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ތިން މަސް ދުވަހަށް ރިހެބިލިޓޭޝަން ދިނުމަށް ހުކުމްކޮށްފައިވާ ކަމަށް ލުބްނާ ވިދާޅުވި އެވެ.

ސީރިއާއިން ގެނައި ހަތް މީހުންނަށް ޖަހާފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން, އެމީހުންނަށްވެސް ރިހެބިލިޓޭޝަން ދިނުމަށް އޯޑަރެއް ހޯދުމުގެ މަސައްކަތްކުރާނެ ކަަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ލުބްނާ ވަނީ މި 21 މީހުންވެސް ތިބީ ހެޔޮ ހާލުގައިކަން ފާހަގަކުރައްވާ, އެމީހުންނަށް ބޭނުންވާ ސައިކޮސޯޝަލް އެޑިއުކޭޝަން އަދި ރިލީޖަސް ސަޕޯޓް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެމީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައްވެސް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުންގެ ތެރެއިން 5 އާއިލާއަކަށް ނިސްބަތްވާ 21 މީހުން ރާއްޖެ ގެނެސްފައި ވަނީ ފްލައިޓެއް ޗާޓާ ކޮށްގެންނެވެ. މި 21 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ނެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *