ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީ

އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.

އޭޑީއެފްގެ ޑިރެކްޓާ ޖެނެރަލް, ރައީސް މުއިއްޒުއާ ބައްދަލުކުރެއްވީ މިހާރު ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓްސް ސަމިޓް 2024ގެ ހަވާސާގަ އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި, ހޯމަ ދުވަހުގެ ބައްދަލުވުމުގައި އޭޑީއެފްޑީގެ ޑިރެކްޓާ ޖެނެރަލާއި ރައީސް މުއިއްޒު ވަނީ ޔޫއޭއީ އާއި ރާއްޖޭއާ ދެމެދު އޮތް ޒަމާނަވީ ގުޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދީ އޭޑީއެފްޑީން ރާއްޖެއަށް ފޯރުކޮށްދީފައިވާ ގިނަ އެހީއާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ދެބޭފުޅުން ވަނީ ފަންޑުގެ އެހީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ މަޝްވަރާތައްވެސް ކުރައްވާފަ އެވެ. އަދި އިތުރު ދާއިރާތަކުން މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން, ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ސިއްހީ ދާއިރާއާއި، އިގުތިސާދީ ދާއިރާއާއި، އިތުރު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުންމަޝްވަރާކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ އޭޑީއެފްޑީން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭޑީއެފްޑީ ޑިރެކްޓާ ޖެނެރަލް ވަނީ ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *