ބޯކޮށް ވާރޭވެހި، ފ. ނިލަންދޫގައި ފެން ބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ބޯކޮށް ވާރޭ ވެހި، ފ. ނިލަންދޫގައި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު ކުރި ވިއްސާރައިގައި ފ. ނިލަންދޫގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސުޓޭޝަންގެ ސިފައިން ދަނީ އެ ރަށުގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގައާއި، ފެން ވަންނަން ފެށި ބައެއް ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، އެ ރަށުގެ ހަތަރު ގެއެއްގައި ވެލި ބަސްތާ ޖަހައިދީފައިވާއިރު، ނިލަންދޫގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންކަމަށް އެ އިދާރާއިން ބުންޏެވެ.

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ މެދު ރާއްޖެތެރެ، އަދި ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *