ސެލޫންތަކާއި މަސާޖް ޕާލާތަކުގެ ނަންނަމުގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ 111 ތަނެއް އެބަ ހުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާލެ ސަރަހައްދުގައި ސެލޫންތަކާއި މަސާޖް ޕާލާތަކުގެ ނަންނަމުގައި ހަށި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ތަންތަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ހަށި ވިއްކުމުގެ ވިޔަފާރި ކުރާ 111 ތަނެއް މިނިސްޓްރީގެ ސަމާލުކަމަށް އައިފައިވާކަމަށެވެ. އަދި އެ ތަންތަނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަށިވިއްކުމަށްޓަކާ ޓޫރިސްޓް ވިސާގަ މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން.

މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭން ބޭރުން ޓުއަރިސްޓް ވިސާގައި މީހުން ގެނެސް ހަށި ވިއްކުމުގެ ވިޔަފާރި ކުރާކަންވެސް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މީހުން ވަގުތުން ޑީޕޯޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށްވެސް މިނިސްޓްރު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *