ތިލަފުށި ހިއްކި ސަރަހައްދު

ތިލަފުށިން ބިން ހިއްކަން ކަނޑައެޅި ސަރަހައްދު ހިއްކާ ނިމިއްޖެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ތިލަފުށީ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން ޖުމުލަ 120 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.

މިހާރު ތިލަފުށީގައި ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތެވެ.

ތިލަފުށި ހިއްކާ ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އެޗްޑީސީ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ތަރައްގީއަށް އެ ކުންފުނިން ހިންގާ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *