އޭޓީއެމްއަކުން ޑޮލަރު ނަގަނީ. -- ފޮޓޯ: މިހާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކަށް ޑޮލަރު ލިމިޓެއް އަދި ކަނޑައަޅާފައި ނުވާކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން މިހެން ބުނީ ބީއެމްއެލްގެ ޑޮލަރު ލިމިޓު 25 ޑޮލަރަށް ތިރިކޮށްފައިވާކަމަށް ބުނެ މީޑިއާތަކުގައި ފެތުރި ހަބަރުތަކާ ގުޅިގެންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބީއެމްއެލްއިން ޑޮލަރު ލިމިޓު ތިރިކޮށްފައި ވަނީ އެ ބޭންކަށް ޑޮލަރު ލިބުން ދަތިވުމުން ކަމަށެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން އަންނަނީ ޑޮލަރު ލިމިޓް ރިވިއު ކުރަމުން ކަމަށެވެ. އަދި ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާކަމަށްވެސް އެ އޭނާ ވިދާޅުވި އެވެ. އަދި އާ ލިމިޓަކަށް އަމަލު ކުރަން ފަށާނެ ތާރީހެއްވެސް ކަނޑަ ނާޅާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޑޮލަރު ލިމިޓު މުރާޖާ ކުރަމުން ދަނި ބީއެމްއެލްއަށް ބޭރު ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *