މަރިޔަމް މަޔާން -- ފައިލް ފޮޓޯ: އަވަސް އޮންލައިން

އިއްޔެ ހެނދުނު ހުޅުމަލޭގައި ކަސަރަތު ކުރަން ނިކުމެ އުޅުން އަންހެނެއްގެ އަތުން ރަން ފަށެއް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްރަތަށް ދުވަން ނިކުމެ އުޅެނިކޮށް، ހިފަހައްޓާ، ބިން މައްޗަށް ވައްޓާލާ ފޭރިގެންފައިވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި މަޝްހޫރު ދުވުންތެރިޔާ މަރްޔަމް މާޔަންގެ ކަރުގައި އޮތް ރަން ފަށެކެވެ.

ސައިކަލެއްގައި އައި ދެ މީހަކު، އަހަރެން ބިން މައްޗަށް ވައްޓާލާފައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ހިނގައްޖެ.

ފުލުހުން ބުނީ އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނި އެވެ.

ދާދި ފަހުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކަސްރަތު ކުރަން ނިކުމެ އުޅެނިކޮށްވެސް ބަޔަކު ވަނީ އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *