ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ.

މަސްވެރިންގެ ބާނާ މަސް މިފްކޯއަށް ކިރާ ރޭޓު 20 ރުފިޔާއަށް ހަދާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝިޔާމާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަކަށް 25 ރުފިޔާގެ ރޭޓުން މަސް ގަންނަމުން ދިޔަ ދިޔުން ބަދަލުކޮށް 20 ރުފިޔާއަށް ހަދާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިފްކޯއަށް 25 ރުފިޔާއަށް މަސް ކިރައިގެން ފައިދާއެއް ނުވާ ކަމަށާއި ލިބެނީ މަސް ކިލޯއަކަށް 2.6 ރުފިޔާގެ ގެއްލުންކަމަށެވެ. ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވީ ބޭރުގެ މާކެޓުތަކުގައި މަސް ގަންނަ ރޭޓަކީ 22.4 ރުފިޔާގެ ރޭޓުންކަމަށް ވާތީ ކަމަށެވެ.

މަސް ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން މަސް ގަތުމަކީ ސަރުކާރަށް ކެރި ކުޅަދާނަކަމެއް ނޫންކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށް ނޫން ރޭޓެއްގައި މިފްކޯއަށް ގަތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން 25 ރުފިޔާގެ ރޭޓުން މަސް ކިރި ނަމަވެސް އެ ރޭޓުން ފައިސާ ދީފައިނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *