މަސް ކިރުމަށްޓަކައި، މަސް ދޯންޏެއް މިފްކޯގެ ބޯޓެއް ކައިރީގައި -- ފައިލް ފޮޓޯ

ދިވެހި މަސްވެރިންގެ އަތުން މަސް ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން މަސް ކިރާނެކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ އަގުގައި މަސް ކިރި ނަމަވެސް ފައިސާ ދީފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން 17 ރުފިޔާއިން 25 ރުފިޔާއަށް މަސް ކިރާ ރޭޓު ބޮޑު ކުރީ ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ސެޕްޓެމްބަރު 16، 2023 ގައި ކަމަށެވެ.

ފުރަތަމަ ބުރުގެ ވޯޓާއި ދެވަނަ ބުރުގެ ވޯޓާ ދޭތެރޭގަ އޭރުގެ ސަރުކާރުން މި ގެނައި ބަދަލަކީ އެއީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ވަރެއްގެ ދިރާސާއެއް (ހެދުމެއް ނެތި) އެއްވެސް ހެޔޮ ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއްކަމަކަށް އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެން ނުދެކެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި މަސް ކިލޯއަކަށް 20 ރުފިޔާގެ ރޭޓަށް ވުރެ ދަށް ނުކުރައްވާނެކަމަށް ވައުދުވެ ވަޑައިގެންފާވާކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ ވައުދުފުޅު ވެފައިވަނީ ބޭރު މާކެޓުތަކުގައި މަސް ކިލޯއެއްގެ އަގު ބެލުމަށްފަހުގައި ކަމަށެވެ. އަދި އެއީ މިފްކޯގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެނެސް ކުރެވޭނެކަމަކަށް ވާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން 25 ރުފިޔާއަށް މަސް ގަންނަން ނިންމި ނިންމުމަކީ މަސް ކިލޯއަކުން 2.60 ރުފިޔާގެ ގެއްލުމެއް މިފްކޯއަށް ލިބޭނެ ކަމެއްކަމަށް ޝިޔާމް ވިދާޅުވި އެވެ. ސަބަބެއްކަމަށް ޝިޔާމް ވިދާޅުވީ ބޭރުގެ މާކެޓުތަކުގައި މަހުގެ އަގު ހުރީ 22.40 ރުފިޔާއަށް ކަމަށްވާތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ 25 ރުފިޔާގެ ރޭޓުން މަސް ކިރުމަކީ ސަރުކާރަށް ކެރި ކުޅަދާނަ ވެގެންވާކަމެއް ނޫންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *