ސެމީފައިނަލްގައި މަސްއޮޑި ކުރިހޯދީ ޓެންޓް ސްޕޯރޓްސް ކްލަބާ ވާދަކޮށް 5-1 އިން -- ފޮޓޯ: @sidibarimv

ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލު މެޗުން ޓެންޓު ސްޕޯޓްސް ކްލަބް ބަލިކޮށް މަސްއޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ޓެންޓާ މަސްއޮޑި ބައްދަލުކުރި މެޗު ކުރިއަށް ގޮސްފައިވަނީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގަ އެވެ. މި މެޗުން މަސްއޮޑި މޮޅުވުމާއެކު އެ ޓީމަށް ވަނީ މުބާރާތުގެ ފައިނަލާއި ފުރަތަމަ ޑިވިޝަންގެ ޖާގަވެސް ކަށަވަރުވެފަ އެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގާފައިވެސް ވަނީ މަސްއޮޑިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ.

ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ޓެންޓް ސްޕޯޓްސް ކްލަބުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ލަންކާގެ ކުޅުންތެރިޔާ ޗަލަނާ ޗަމީރާއެވެ.

ދެވަނަ ހާފުގައި މަސްއޮޑީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގެ ތިންވަނަ ގޯލު ޖަހާ މަސްއޮޑިއަށް އަނެއްކާވެސް ލީޑު ނަގައިދިނީ އިސްމާއިލް ފިކުރީ އެވެ. މި ގޯލަކީ ޓެންޓުގެ ކީޕަރު މަސްއޮޑީގެ ހުސެއިން ޝަރީފަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މަސްއޮޑިން ތިން ވަނަ ގޯލު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. އެ ގޯލު ޖަހާފައިވަނީ މަސްއޮޑީގެ އަބްދުﷲ ޒިޔާން އެވެ. މެޗުގެ 90 މިނެޓު ހަމަވުމުގެ ކުރިން މަސްއޮޑިން ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލުވެސް ކާމިޔާބުކޮށްފަ އެވެ. މި ގޯލު ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލް ސައީދުއެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މަސްއޮޑީގެ ފަހު ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ތިންވަނަ ގޯލުވެސް ޖެހި ޒިޔާން އެވެ.

ދެވަނަ ޑިވިޝަންގެ ދެވަނަ ސެމީ ފައިނަލުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ދިވެހި ފުޓުބޯޅައިގައި ޒަމާނުއްސުރެ ރަސްކަން ކުރަމުން އައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *