ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭފަދަ ވީޑިއޯއެއްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއަކީ ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ބާރު ނެތް ކަމަށް ދޭހަވާ ގޮތަށް އަދި ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ތިން ޒުވާނަކު ތިން ފުލުހަކާ ދިމާލަށް ހަޅޭލަވާ އިނގިލި ދިއްކުރާ ތަނެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް އަދި އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިވުމާ ގުޅިގެން އެމީހާ ހައްޔަރު ކުރުމުގެ ވަގުތުކޮޅެއް ކުރިކަމަށެވެ.

އެމީހާ ހައްޔަރުކޮށް މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *