އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށް ބަޔަކު ކިއޫގައި -- ފޮޓޯ: ޖަޒީރާ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 68 އެޕްލިކޭޝަންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އާދިއްތަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލީ 22 ކެނޑިޑޭޓުން ކަމަށެވެ. އަދި އިއްޔެ 46 ކެނޑިޑޭޓުން އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާކަމަށް ހަބީބް ވިދާޅުވި އެވެ.

އީސީން ބުނީ އިންތިހާބުގެ ތާރިހަށް ބަދަލެއް އަޔަސް އިންތިހާބަށް ކުރިމަތިލުމުގެ އިތުރު މުއްދަތެއް ނުދެއްވާނެ ކަމަށެވެ. އިންތިހާބަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.

ފޯމް ހުށަހެޅުމުގެ މުއްދަތު ކައިރިވަމުންދާއިރު، އެންމެ ފަހުވަގުތު ފޯމް ހުށަހަޅަން މަޑުނުކުރުމަށް އީސީން ވަނީ ކެންޑިޑޭޓުންނަށް އިލްތިމާސް ކޮށްފަ އެވެ. އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހް ކުރަން ޖެހިއްޖެ ހާލަތެއްގައި، ފޯމު އިސްލާހް ކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެ ކަމަށް އީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *