އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ). -- ފޮޓޯ: ރާއްޖެއެމްވީ

ފްލެޓް މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ހައުސިން މިނިސްޓްރީއަށް ފޮނުވި ލިސްޓްކަމަށް ބުނެ ފަތުރަމުން ދަނީ އެ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓެއް ނޫންކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން މި މައްސަލައިގައި މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ އެ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓެއް ނޫންކަމަށެވެ.

އޭސީސީން ބުނީ މި މައްސަލައިގައި އެ ކޮމިޝަނުން ލިސްޓެއް ތައްޔާރުކޮށް ހުށަހަޅާފައިވަނީ ހަމައެކަނި ހައުސިން މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ކަމަށެވެ.

މީގެ އިތުރުން އެ ކޮމިޝަނުން މި މައްސަލައާ ގުޅޭ މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މީޑިއާތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި އޭގެ އިތުރުން އެ ކޮމިޝަނުންވެސް އަދި އެ ކޮމިޝަނުގެ މުވައްޒަފަކުވެސް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްފައި ނުވާނެކަމުގެ ޔަގީންކަން އޭސީސީން ވަނީ ދީފަ އެވެ.

އޭސީސީން ވަނީ މިފަދަ ހައްސާސީ މައްސަލައެއްގައި ރައްޔިތުންގެ ހިތުގައި ނަފްރަތާ ރުޅިވެރިކަން އުފެދޭ ގޮތަށް މީސްމީޑިއާގައި ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

މި މައްސަލައިގެ އެންމެ ފަހުގެ ތަފްސީލުތައް އޭސީސީގެ ރަސްމީ އެކައުންޓުތަކުންނާއި މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭނެކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީގެ އެއްވެސް މަސައްކަތެއްގައި އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރާނެކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *