ތިލަމާލެ ބްރިޖް މަޝްރޫގެ 33 އިންސައްތަ ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި މަޝަރޫއުގެ މަސައްކަތް ކުރިއަށް ދަނީ ތަވާލުކޮށްފައި އޮތް ގޮތައް ބަލާއިރު 1.2 އިންސައްތަ ކުރީގައިކަމަށާއި މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުމަކަށް ބަލާ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޔާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖަކީ 6.2 ބިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ. ނަމަވެސް އޭރުގެ ސަރުކާރުން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މިމަޝްރޫއުއަށް ހޭދަވާ 6.2 ބިލިަން ރުފިޔާގެ ތެރެއިން 1.55 ބިލިއަން ރުފިޔާ ވަނީ އިންޑިއާގެ ހިލޭ އެހީގައި ހަރަދުކުރަން ނިންމާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *