ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ފުރާވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިމަހުގެ 12 އިން 14 އަށް ދުބާއީގައި ބާއްވާ ވޯލްޑް ގަވަމެންޓް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅަކީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ ޑިފެންސް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ، ޝައިހު މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވޯލްޑް ގަވަމެންތް ސަމިޓުގެ މިއަހަރުގެ ތީމަކީ "ޝޭޕިން ފިއުޗަ ގަވަމެންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓާ އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ދުބާއީގައި ފެބްރުއަރީ 13 ވަނަ ދުވަހު ފަށާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ފޯރަމްގައި ރައީސް ތަގުރީރުވެސް ކުރައްވާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *