ރ. އުނގޫފާރުގެ ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ތެރެއިން ރ. އުނގޫފާރު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރ. އުނގޫފާރު، ދުލިހުރާގޭ، އަހްމަދު ޝިޔާމް، ކުރި ސުވާލުގައި، އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސް ވައުދުވެފައިވާ ކަމަށާއި އެހެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށްވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

މި ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް އުނގޫފާރު ފަޅުތެރެއިން ބިން ހިއްކުމަށް ނިންމާފައިވާކަމަ ށެވެ. އެގޮތުން އިތުރު ތިން ހެކްޓަރުގެ ބިން އެރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *