މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގވެ އަދަދު ގުނާއިރު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމަށް މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މަޖިލީހުގައި މެންބަރުން ތިއްބަވާ އަދަދަށް މަޖިލީހުން ގެނައި ބަދަލަށް އަމަލު ކުރުން މިވަގުތަށް މަޑު ޖައްސާލުމަށެވެ. އެއާއެކު މެންބަރުން ގުނަން ޖެހޭނީ ކުރިންވެސް މެންބަރުން ގުނަމުން އައި ފަދައިން 87 މެންބަރުންގެ ގޮތުގަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މެންބަރުންގެ ކަންބޮޑުވުން ހުރިކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ ކޯޓު އަމުރާ މެދު މަޖިލީހުން ގޮތެއް ނިންމުމަށް ހުޅުވާލާފަ އެވެ. އެއަށްފަހު މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅި ހުށަހެޅުމެއްގެ ގޮތުގައި ވޯޓެއް ނަގާފައިވެ އެވެ. އެ ވޯޓުން ފާސްވެފައިވަނީ މަޖިލީހުން ނިންމި ގޮތަށް މެންބަރުން އުނި ކުރުމަށްފަހު މެންބަރުންގެ އަދަދު ގުނުމަށެވެ.

މި ހުށަހެޅުން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 45 މެންބަރުންގެ ތާއީދާ އެކު އެވެ. މި ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުލާފައެއް ނުވެ އެވެ.

މި ހުށަހެޅުން ފާސްވުމާ ގުޅިގެން މިވަގުތުން ފެށިގެން ވޯޓު ގުމުގައާއި ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ބަލައިގެން ކުރިއަށް ދާނީ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމު ކުރުމުގެ ގޮތުން ކޯޓުން ނިންމި ގޮތަށް މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޖަލްސާ ނިމިގެން ދިޔައީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށްފަހު އެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *