އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަނީ އަމިއްލަ އެދުމުން ފޯވެގެންކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި މިވަގުތު ތިއްބަވާ މެންބަރުންގެ އަދަދަށް މަޖިލީހުން ގެނައި ބަދަލަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން މަޖިލީހުން އިތުރު ގޮތެއް ނުނިންމާ ހިނދަކު މަޖިލީހުގެ މެންބަރުން ގުނާނީ 87 ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާފައިވަނީ ގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރަން ކަމަށާއި އަމިއްލަ އެދުމަށް މަސައްކަތް ކުރާކަށް ނޫން ކަމަށެވެ.

މިއީ ނިމެމުންދާ މަޖިލީހެއް (19 ވަނަ މަޖިލިސް). އެ މަޖިލީހުން މި ފެންނަނީ އަމިއްލަ އެދުމުން ފޯވެގެން އިއްޒަތްތެރި މެންބަރުން މަސައްކަތް ކުރާތަން.

ސަލީމް ވިދާޅުވީ މިގޮތަށް މި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ސަރުކާރު ވައްޓާލާކަށް އަދި ޖުޑިޝަރީ ފުނޑާލާކަށް ފުރުސަތެއް ނުދޭނެކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިކަން ކުރަން މަސައްކަތް ކުރަނީ ސީދާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަޑީގައި ހުންނަވައިގެން ކަމަށެވެ.

ސަލީމް ވަނީ އެންމެ ފަހުން ކޮމިޓީ ނަގާފައިވެސް ވަނީ ގޯސްކޮށްކަމަށް ބުނެފަ އެވެ. އެގޮތުން ކޮމިޓީއެއް އެކުލަވާލާއިރު މައިނޯރިޓީއަށް ޖާގަ ދޭންޖެހޭކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެ ފުރުސަތު ދީފައިނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *