ފްލެޓް މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.

އޭސީސީ ކުރިމަތީ މުޒާހަރާ ކުރަމުން ދަނީ ފްލެޓަށް ޝަރުތުހަމަވާކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި ތިބި މީހުންނެވެ. މި މީހުންގެ ކަންބޮޑު ވުމަކީ ފްލެޓް ލިބުން ލަސްވެ އެމީހުންގެ ހައްގުތައް ގެއްލިގެން ދިއުމެވެ.

މީގެ ތެރެއިން ބައެއް މީހުން މިހާރުވަނީ އޭސީސީ އިމާރާތް ތެރެއަށް ވަދެފަ އެވެ. ފުލުހުންވެސް ދަނީ އެ ހިސާބުގައި ހަރަކާތްތެރި ވަމުންނެވެ.

އޭސީސީ ކުރިމަތީ މިއަދު މުޒާހަރާކޮށްފައިވާއިރު ފްލެޓް މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ ތެރެއަށްވެސް ބަޔަކު ވަނީ ވަދެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފްލެޓުތަކުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގުމަށްފަހު މިހާރު ވަނީ ފްލެޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.

ފްލެޓް ދިނުމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ ފްލެޓް ދިނުމުގެ މަސައްކަތް ކުރެވޭނީ އޭސީސީން މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓެއް ލިބުމުންކަމަށެވެ.

އޭސީސީން މައްސަލަ ބެލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުން ޝަރުތު ހަމަވާކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި ހިމެނޭ 59 އިންސައްތަ މީހުން ޝަރުތު ހަމައެއް ނުވެ އެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް އެކި މައްސަލަތައް ފާހަގަވެފައިވާ 19.7 އިންސައްތަ ފޯމު އޮތްކަމަށްވެސް އޭސީސީން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *