ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ތިއްބަވާ އަދަދަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި މިވަގުތު ތިއްބަވާ މެންބަރުންގެ އަދަދަށް މަޖިލީހުން ގެނައި ބަދަލަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ނިންމުންތަކާ މެދު ކޯޓުން ގޮތް ނިންމި ނަމަވެސް އެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަށްކަމަށާއި ވަގުތީ އަމުރެއް ނޫންކަން އަސްލަމް ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން. އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިދީފައިވާ ބާރެއް.

އަސްލަމް ވިދާޅުވީ މިވަގުތު ކުރިއަށް ދާނީ ސުޕްރީމް ކޯޓުން ކުރި އަމުރާ އެއްގޮތަށް ކަމަށާއި ނަމަވެސް މިކަމާ ގުޅިގެން މެންބަރުންގެ ކަންބޮޑުވުން ހުރުމުން އެކަމަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުޅުވާލާ ކަމަށެެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *