ފުރަތަމަ ފަހަރަށް ރާއްޖެއިން އެއް ދުވަހެއްގައި 10,000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި

ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެއް ދުވަހާ 10,000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި އެވެ.

ރެކޯޑު އަދަދަކަށް ރާއްޖެއިން ފަތުރުވެރިންނަށް މަރުހަބާ ކިޔާފައި ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ. މިކަން ހާމަކުރައްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް, ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ, ފެބްރުއަރީ 10 ވަނަ ދުވަހު އެކަނި 10،213 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް އެއް ދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ދުވަސް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އަދި އެވްރެޖުކޮށް ދުވާލަކު 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.7 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒަކީ މިއަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނާނެ އަހަރުކަމަށް ހަދައި, ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *