ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަލުން ހޯދައްވާނެކަމަށް ރައީސުލް ޖުމހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޝަހީދުންގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައިސް ވަނީ ރާއްޖެގެ ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހައްދަވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ކާބަފައިން ޕޯޗުގީޒުންގެ އަތްދަށުން އަޅުގަނޑުމެން މިނވަންކޮށްފި، އަޅުގަނޑުމެންގެ ކާބަފައިން ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތައް، ކަޅު މުހައަމަދު ރަސްގެފާނު ގެއްލުނު ރަށްތައް އަލުން ދިވެހިންނަށް ހޯދައިދިން.

ރައީސް ވަނީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު ފެންނަން ހުރިކަމަށް ފާހަގަކުރައްވާފަ އެވެ.

ފަލަސްތީނަކީ އޭގެ މިސާލެއް، އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގޭން ލިބޭކަށް އަޅުގަނޑުމެން ނޭދެން.

މީގެއިތުރުން ޝަހީދުންގެ ދުވަހުގެ އިލްތިމާޒަކީ ގައުމަށް ތެދުވެރިވާށެ، ދީނަށް ހުރުމަތްތެރިވުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަލި ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބު ކުރާކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ބޭރުގެ ދަހިވެތި ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ، ދިވެހިންގެ ސަލާމަތް ދިވެހިން ހޯދަން އެބަ ގޮވާލާ.

ރައީސް ވަނީ އަލި ރަސްގެފާނުގެ ޖިހާދު މީޑިއާއާ ވެސް މުހާތަބްކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ހަބަރުފަތުރާ އިރު ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން ނަސޭހަތްދޭން، ދޮގު ހަބަރުތައް ނުފަތުރުން އެބަ އިންޒާރުދޭ.

ދިވެހި ކަނޑުން ގެއްލުނުބައި ހޯދައި ދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ ކަނޑުން ގެއްލިފައިވާކަމަށް ބުނާ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތްތައް ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ފައްޓަވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *