ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން -- ފޮޓޯ: އެޗްޑީސީ

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްޤީގެ މަޝްރޫއުތަކަށް ކުރި ހޭދަ 83 ޕަސަންޓް ދަށަށް ގޮސްފައިވާކަމަށް ފިނޭންސް މިނިސޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތަކަށް 287.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ކަމަށެވެ. މިއީ ތަރައްޤީގެ މަޝްރޫއުތަކަށް ކުރި ހޭދައިގެ 83 އިންސައްތައިގެ ދަށްވުމެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި ތަރައްޤީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޕީއެސްއައިޕީގެ މަޝަރޫއުތަކުގެ ތެރެއިން ސަރުކާރުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރުއުތަކަށެވެ.

ފެބުރުއަރީ މަހު ތަރައްޤީގެ މަސްރޫއުތަކަށް ހޭދަކޮށްފައިވާ ގޮތް:
  • ބިން ހިއްކުމަށް - 82.4 މިލިއަން
  • ނަރުދަމާގެ މަޝްރޫއުތަކަށް - 44.7 މިލިއަން ރުފިޔާ
  • ބަނދަރު ހެދުމުގެ މަޝަރޫއުިތަކަށް - 24.8 މިލިއަން ރުފިޔާ
  • ބްރިޖް މަޝަރޫއުތަކަށް - 13.5 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ބުނީ ލޯނު ދައްކަން ކުރި ހޭދައާއެކު ދައުލަތުން މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 3.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބުނުކަމަށްވެސް ފިނޭންސް މިނިސޓްރީން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *