ރައީސުލްޖުމްހޫރިއްޔާ ތ. އޮމަދުއަށް ވަޑައިގެންނެވުން

ޒުވާން ކުދިންނަށް ހާއްސަކޮށް މާލެ ނުގޮސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދަދޭން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު"ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމުގައި ތ. ކިނބިދޫ ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނީ އިންޑަސްޓްރީތައް އަތޮޅުތެރެއަށް ގެނެވި، ޓޫރިޒަމް ފުޅާކުރެވިގެން ކަމަށެވެ.

ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތު ނިސްބަތުން ކުޑަ އަތޮޅެއްކަމަށާއި އެ އަތޮޅުގައި އޮތީ އެންމެ ރިސޯޓެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮންމެތާކު ހުރެގެންވެސް، އެކިކަހަލަ ޓެލެންޓް ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީ ގާއިމްކޮށް، ދިވެހި ޒުވާނުންގެ ޓެލެންޓް ބޭރުގެ މާކެޓުތަކަށް އޮންލައިން ވިޔަފާރީގެ ތެރެއިން ތައާރަފްކޮށް ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަމަލީ ގޮތުން ކޮންމެވެސްކަހަލަ މަސައްކަތެއް ކުރަން ބޭނުންވާ ޒުވާނުންނަށް ވެސް އަތޮޅުތެރޭގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިގްތިސާދީ ފުރުސަތުތައް ފުޅާކޮށްދޭން ވިސްނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުންނަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި ރިސޯޓުތައް ތަރައްގީކުރުމާއި އެކިކަހަލަ ފުރުސަތުތައް ފުޅާކުރަން ވަރަށް ބޮޑަށް ސަމަލުކަން ދެއްވާނެ ކަމަށް ރައީސް ވިދާލުވި އެވެ. އަދި ނިމިދިޔަ ސަރުކާރުތަކުގައި އެ އޮޕަޗުނިޓީތައް ތ. އަތޮޅަށް ލިބިފައި ނުވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ހުރިހާ ދިމާލަކުން ނަތީޖާ އެމަނިކުފާނު ނެރެދެއްވާނެ ކަމަށް އުންމީދު ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *