"ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖު 2024" ގައި ރޭ ވ. ފެލިދޫއާ ވާދަކޮށް އަހުމަދު ރަޝީދު (އައްމަޑޭ 12) ކާމިޔާބުކުރި ހެޓްރިކާއެކު 2-5 އިން ކެޔޮދޫއިން ފެށުން ރަނގަޅުކޮށްފި އެވެ.

ހުޅުމާލެ ރެހެންދި ދަނޑުގައި މި ދެ ޓީމު ވާދަކުރި މެޗަކީ ގޯލްޑެން ފުޓްސަލްގެ ތާރީހުގައިވެސް ވ. އަތޮޅުގެ ޓީމެއް މުބާރާތުގައި ބައިވެރިވެގެން މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ބޯ ވާރޭގައި ދެޓީމު ކުޅުނު އިރު, ސަޕޯޓަރުންގެ ފަރާތުން ވަނީ ޖޯޝާ ފޯރިއާއެކު ކުޅުންތެރިންނަށް ތަރުހީބު ދީފަ އެވެ.

ކެޔޮދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފުރަތަމަ ގޯލެއް ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުންވެސް ވިދާލި އަހުމަދު ރަޝީދު (އައްމަޑޭ 12)އެވެ. އޭނާ ވަނީ އެޓީމުގެ ފަސްވަނަ ލަނޑާއެކު ހެޓްރިކްވެސް ފުރިހަމަކޮށްފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާއަކީވެސް އައްމަޑޭ އެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ފުއާދު އަދި އަރީން އަބްދުﷲ އިބްރާހިމް އެވެ.

ކެޔޮދޫއިން މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑުޖެހި އިރު, ފެލިދޫގެ ދެ ލަނޑު ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގަ އެވެ.ފެލިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ފައިޒާން ފަޒީން އާއި އަބޫބަކުރު އިބްރާހިމް (ބަކޭ) އެވެ.

ވ. އަތޮޅުން މުބާރާތުގައި ދެޓީމު ބައިވެރިވެފައި ވުމުން ދެޓީމުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް އަތޮޅު ޗެމްޕިއަން ކަމާއެކު މުބާރާތުގެ ޒޯނު ބުރުން ޖާގަ ލިބިގެންދާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *